އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފުވައްމުލަކަށް ކުރި ދަތުރުގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަށް ޒިޔާރަތްކޮށްފި.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފުވައްމުލަކަށް ކުރި ތަޖުރިބާ ދަތުރުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖަށް ޒިޔާރަތްކޮށްފި 

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މަތީ ޘާނަވީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުން މިމަހުގެ 26 ން 27 އަށް ފުވައްމުލަކަށް ކުރި  ތަޖުރިބާ ދަތުރުގައި މިކޮލެޖަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި އެސްކޫލްގެ ގްރޭޑް 12 ގައި ތަޢުލީމު ޙާޞިލްކުރަމުންދާ 31 ދަރިވަރުންނާއި 04 މުދައްރިސުން ބައިވެރިވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން މިކޮލެޖަށް ޒިޔާރަތް ކުރުމާއި ގުޅިގެން އެސްކޫލުން އެދިފައިވާ ގޮތަށް ފުވައްމުލަކުގެ ތާރީޚާއި އާދަކާދައާއި ޘަގާފަތާއި އިޤުތިސާދާއި ރަށްވެހި ކަމުގެ ތަރައްޤީއާ ބެހޭ ޕްރެޒެންޓޭޝަނަކާއި ކޮލެޖާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވުނެވެ.

މިސެޝަނުގައި މައުލޫމާތު ދެވުނު ދާއިރާތަކަކީ:

ފުވައްމުލަކުގެ ދަތުރުފަތުރާއި ލަފާފުރުމުގެ ނިޒާމު

މުއާޞަލާތީ އަދި އިޖުތިމާޢީ ގުޅުންތައް

މަސައްކަތްތެރިކަމާއި އިޤްތިޞާދީ ހަރަކާތްތައް

ބޭސްވެރިކަމާއި ޞިއްޙީ ޚިދުމަތްތައް

ފުވައްމުލަކުގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުން

އަޙްމަދިއްޔާ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންގެ މިޒިޔާރަތަކީ ފުވައްމުލަކު އާސަރީ އަދި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާއި ގުޅުން ހުރި މަޢުލޫމާތު ހޯދުމާއެކު ތަފާތު މުޖުތަމަޢުގެ ދިރިއުޅުންހުރިގޮތް ތަޖްރިބާ ކުރުމަށްކުރި ދަތުރެކެވެ.