ޖުލައި އިންޓޭކްގައި ޒިކުރާ އިންޓަރނޭޝަން ކޮލެޖާ އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ. އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ. މިޕްރޮގްރާމްގައި މިސެމެސްޓަރގައި މިކޮލެޖުގެ ކެމްޕަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ދަރިވަރުންނާއި، އޮންލައިންކޮށް އެކިއެކި ކޯސްތަކަށް އެންރޯލްކޮށްފައިވާ ދަރިވަރުން ބައިވެރިވާނެއެވެ.  

އޮރިއެންޓޭޝަން ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ކޮލެޖުގެ ސީނިއަރ މެނޭޖުމެންޓްގެ ބޭފުޅުންނާއި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރަށް ދަރިވަރުންނާއި ގުޅުން ހުރި ޑިޕާޓްމެންޓް ތަކުގެ އިސްވެރިންނެވެ. އަދި އޮރިއެންޓޭޝަންގައި ކޮލެޖުގެ ސިޔާސަތާއި ފެކަލްޓީތަކުގެ މައުލޫމާތާއި އެކަޑެމިކާއި ދަރިވަރުންނާއި ގުޅުންހުރި މައުލޫމާތުތައް ދެވޭނެއެވެ. މީގެއިތުރަށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވައި ދެވޭނެއެވެ. މިޕްރޮގްރާމުގެ ސަބަބުން މިސެމެސްޓަރގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކަމާއެކު ކުރިއަށް ގެންދަން މަގުފަހިވެގެންދާނެއެވެ.

މިއިންޓޭކްގައި ލެވެލް ތިނެއްގެ ސެޓްފިކެޓުން ފެށިގެން މާސްޓާސް ޑިގްރީގެ  ޖުމްލަ 26 ކޯހުގެ ކިޔެވުން ފެށޭނެއެވެ. އަދި މާސްޓާސް އޮފް އެޑިއުކޭޝަން މެނޭޖުމެންޓް ކޯސް މިސެމެސްޓަރގައި އަލަށް ފަށަން ވަނީ ހަމެޖެހިފައެވެ.