fbpx

ބެޗްލަރސް އޮފް އިމާމް އެންޑް އިސްލާމިކް ލީޑަރޝިޕް

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއެކު، އިސްލާމްކަން ރަމްޒުކޮށްދޭ އެންމެ މުހިއްމު ތަނަކީ މިސްކިތްތަކެވެ. އަދި ނަމާދަކީ އިސްލާމްދީނުގެ ތަނބުކަމުގައިވާއިރު، މިސްކިތްތަކުގައި ޖަމާޢަތުގައި މީސްތަކުންނާއެކު ނަމާދުކުރާނެ ޢިލްމުހުރި، ހުނަރުވެރި، ޤާބިލު އިމާމުން އުފެއްދުމަކީ ވަރަށް މުހިއްމުކަމެކެވެ. އިމާމުންގެ އަދަބު އަޚްލާޤު ރަނގަޅުވުމަކީ މުޖުތަމަޢުއަށް ގިނަގުނަ ހެޔޮ ފައިދާތަކެއް ކުރާނެކަމެކެވެ. އެހެންކަމުން، ރަނގަޅު ޞިފަތަކެއް ލިބިގެންވާ އިމާމުން އުފެއްދުމަކީ ކޮންމެ ޢިލްމީ މުއައްސަސާއަކަށްވެސް މުހިއްމުކަމެކެވެ.

އިމާމުކަމުގައި އެންމެ މުހިއްމު އެއްކަމަކީ ކީރިތި ޤުރްއާން ރަނގަޅަށް ކިޔަވަން އެނގުމެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރާއި، ޤާބިލުކަން އުފައްދައިދީ، އެ ފޮތުގެ ޙުކުމްތަކަށް އަހުލުވެރި ކުރެވޭނީ މަޑުމަޑުންނެވެ. މިކަމަށް ދުވަސްތަކެކެއްގެ ތަމްރީނުތައް ބޭނުންވާނެއެވެ. މިފަދަ ސަބަބަކާހުރެ، ތަޖުވީދުގެ ޙުކުމްތަކާ އެއްގޮތަށް ކިޔެވުމަށް ޚާއްޞަ ތަރުތީބަކުން ޢިލްމާއި ތަމްރީނުތައް ދޭންޖެހެއެވެ. މިގޮތުން މި ކޯހަކީ ބަޔާންވެދިޔަ ހެޔޮ ޞިފަތަކެއް ލިބިގެންވާ ޤާބިލު، ހުނަރުވެރި އިމާމުން ތަމްރީނުކޮށް،  އިމާމުކަމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުން ފަށައިގަތުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ޝަރުޠު

ހ. ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޭ ލެވެލް/އެޗް. އެސް. ސީ ގެ 2 މާއްދާއިން ފާސްވެފައިވުން.

  • ކޯހުގެ ނަން: ބެޗްލަރސް އޮފް އިމާމް އެންޑް އިސްލާމިކް ލީޑަރޝިޕް

    އެމް.އެން.ކިއު.އެފް ލެވެލް: 7

    މުއްދަތު: 3 އަހަރު (6 ސެމިސްޓަރ)

މާއްދާތައް:

 

ދެވަނަ ސެމިސްޓަރ

ފުރަތަމަ ސެމިސްޓަރ

التلاوة 2 (Tilawat 2)

1

التلاوة 1 (Tilawat 1)

1

التجويد 2 (Thajweedh 2)

2

التجويد 1 (Thajweedh 1)

2

الحفظ 2 (Hifz 2)

3

الحفظ 1 (Hifz 1)

3

فنون تلاوة القرآن 2

(The Art of Reciting the Qur’an 2)

4

فنون تلاوة القرآن 1

(The Art of Reciting the Qur’an 1)

4

فقه الإمام والخطيب

 (Fiqh of Imam & Khatheeb)

5

مهارات الكتابة الأكاديمية

 (Academic Writing Skills)

5

الفقه العبادات 1 (Fiqh of Worship 1)

6

العقيدة الإسلامية (Islamic Faith)

6

ހަތަރުވަނަ ސެމިސްޓަރ

ތިންވަނަ ސެމިސްޓަރ

التلاوة 4 (Tilawat 4)

1

التلاوة 3 (Tilawat 3)

1

التجويد 4 (Thajweedh 4)

2

التجويد 3 (Thajweedh 3)

2

الحفظ 4 (Hifz 4)

3

الحفظ 3 (Hifz 3)

3

فنون تلاوة القرآن 4

(The Art of Reciting the Qur’an 4)

4

فنون تلاوة القرآن 3

(The Art of Reciting the Qur’an 3)

4

أصول الفقه (Islamic Jurisprudence)

5

الفقه العبادات 2 (Fiqh of Worship 2)

5

أصول الدعوة (Da’wa Methodology)

6

القيادة والإدارة (Leadership & Management)

6

ހަވަނަ ސެމިސްޓަރ

ފަސްވަނަ ސެމިސްޓަރ

التلاوة 6 (Tilawat 6)

1

التلاوة 5 (Tilawat 5)

1

الحفظ 6 (Hifz 6)

2

الحفظ 5 (Hifz 5)

2

تفسير آيات القرآن

(Interpretation of the verses of the Qur’an)

3

علوم القرآن والحديث

(Science of Quran and Hadith)

3

الثقافة الإسلامية (Islamic Culture)

4

قضايا فقهية المعاصرة

(Contemporary Fiqh Issues)

4

 التدريب العملي(Practical Training)

5

التربية الإسلامية (Islamic Education)

5