fbpx

މާސްޓާ އޮފް ޓީޗިންގ ޤުރުއާން

ކޯހުގެ މަޤްސަދު: އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއެކު، ސްކޫލުތަކުގައި ކިޔަވައިދޭ އެންމެ މުހިއްމު އެއް މާއްދާއަކީ ކީރިތި ޤުރްއާނުގެ މާއްދާއެވެ. މި މާއްދާ އެންމެ ހެޔޮ ރަނގަޅު ގޮތުގައި ކިޔަވައިދިނުމަށްޓަކައި ޢިލްމީ، ހުނަރުވެރި، ޤާބިލު މުދައްރިސުންނަށް ވަނީ ބޭނުންޖެހިފައެވެ. ޚާއްޞަގޮތެއްގައި ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި އެ ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަން އެނގޭ މުދައްރިސުންނަށް ވަނީ ބޭނުންޖެހިފައެވެ.

ބަދަލުވަމުން މިއަންނަ ޒަމާނުގެ ޙާލަތްތަކަށް ރިޢާޔަތްކުރެވިފައިވާ ޤުރްއާނުގެ މުޤައްރަރުތަކަށް ވަނީ ބޭނުންޖެހިފައެވެ. ޤުރްއާން އުނގަންނައިދޭއިރު ދަރިވަރުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ވަނީ ބޭނުންޖެހިފައެވެ.

އެހެންކަމުން، މި ބަޔާންކުރެވުނު ކަންކަން ޙާޞިލުކުރުމަށްޓަކައި ތައްޔާރުކޮށްފައި މިވާ ކޯހަކީ ކީރިތި ޤުރްއާން ކިޔަވައިދެއްވަމުން މިހާރުވެސް ގެންދަވާ މުދައްރިސުންނަށް އަދިވެސް އިތުރަށް މަތީ ތަޢުލީމު އުނގަންނައިދީ، މި ދާއިރާއަށް ބޭނުންވާނެ އިތުރު ހުނަރުތައް އަށަގެންނެވުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޯހުގެ ނަން: މާސްޓަރ އޮފް ޓީޗިންގ ޤުރުއާން

އެމް.އެން.ކިއު.އެފް ލެވެލް: 9

މުއްދަތު: 1 އަހަރު

ޝަރުޠު:

  1. ބެޗްލަރސް އޮފް ޓީޗިންގ ޤުރުއާން ޙާޞިލްކޮށްފައިވުން. ނުވަތަ
  2. ބެޗްލަރސް އޮފް ޤުރުއާން ޙާޞިލްކޮށްފައިވުން.

މާއްދާތައް:

  1. ކަރިކިއުލަމް ޕޮލިސީ އެންޑް ޕްރެކްޓިސް
  2. އެކްސްޕީރިއަންސް އެންޑް ނޮލެޖް އިން ދަ ސައިންސް އޮފް ރީޑިންގ
  3. އެސެސްމެންޓް އިޝޫސް އެންޑް ޕްރެކްޓިސް
  4. ޓީޗިންގ ޕްރެކްޓިކަމް
  5. تفسير آيات الأحكام
  6. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ: ތިއަރީ އެންޑް ޕްރެކްޓިސް
  7. އެޑިޔުކޭޝަނަލް ސައިކޮލޮޖީ: ތިއަރީ އެންޑް ޕްރެކްޓިސް
  8. ޤުރުއާން ޓީޗިންގ މެތޮޑޮލޮޖީ
  9. ރިސަރޗް މެތަޑްސް