fbpx

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ފުވައްމުލަކުގައި އެޅި ބިންގާ، މިއަދު މުޅި ރާއްޖެއަށް!

މީގެ އަށް އަހަރު ކުރިއެވެ. ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކުގައި ހުޅުވި އިންޓަނޭޝަނަލް ކޮލެޖެކެވެ. ތަފާތު އެތަކެއް ކޯސްތަކާ އެކު ސެޓިފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ހުޅުވާލިއެވެ. މިކަންވީ ރަށުގައި ތިބި ރަށުގެ ފަންނުވެރިންނަށާއި، މަތީ ތަޢުލީމުގެ ފުރުސަތު ނުލިބިފައި ތިބި ދަރިވަރުންނަށް ރަނުގެ ފުރުސަތަކަށެވެ.

އެ ކޮލެޖަކަށް ވީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖެވެ. ޒިކުރާގެ އަމާޒު ވަރަށް ސާފެވެ. ފަސޭހަކަމާއެކު އެންމެ ފެންވަރު ރަނގަޅު، މަތީ ތަޢުލީމު އެކޮލެޖުގެ ދަރިވަރުންނަށް ފޯރުކޮށްދީ، މުޖްތަމައަށް ބޭނުންވާ ފަދަ ދަރީންތަކެއް އުފެއްދުމެވެ

މިއަދާ ހަމައަށް އެތަނުން ދެހާހަށް ވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާސިލްކޮށް، ދަސްވެނިވެގެން، މުޖްތަމައުއަށް ޚިދުމަތް ކުރަމުންދާއިރު ޒިކުރާގެ އަޒުމަށް، ހިތްވަރަށް އަދި އުނގަންނައިދޭ ފުރިހަމަ ތަޢުލީމުގެ ފެންވަރަށް ބަދަލެއް ނާދެއެވެ.

މިހާރުވެސް ތަފާތު 73 ދާއިރާއަކުން އެކިއެކި ކޯސްތައް ޒިކުރާ ކޮލެޖުން އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހިމެނޭ ކޯސްތަކުގެ ތެރެއިން ބިޒްނަސް، މެނޭޖްމަންޓް، އެކައުންޓިން އެންޑް ފައިނޭންސް، ޓޫރިޒަމް، ބޭންކިން، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އަރަބި އަދި އިނގިރޭސި ބަހުގެ ކޯސްތަކަކީ އޮންލައިންކޮށް ވެސް ކުރިއަށްގެންދާ ކޯސްތަކެކެވެ.

މިއަދު ޒިކުރާގެ ޢިލްމީ ނޫރު މުޅި ރާއްޖޭގައި ފެތުރިއްޖެއެވެ. އެގޮތުން މިއަދުވެސް އެ ކޮލެޖުން ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ ދަރިވަރުންނަކީ ފުވައްމުލަކު ނޫން ރާއްޖޭގެ އެހެން ރަށްރަށުގެ ދަރިވަރުންނެވެ.

ޒިކުރާ ކޮލެޖުން ފުރަތަމަ ޑިގްރީގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ހުރިހާ ކޯހަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ކުރިއަށް ގެންދާ ކޯސްތަކެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މީގެ އަށް އަހަރު ކުރިން އެޅި ބިންގާ، މިއަދު ފުރާ ފުރިހަމަވެ، އެންމެން ދަންނަ ބްރޭންޑަކަށް އެ ކޮލެޖު ވެއްޖެއެވެ. ހަމައެކަނި ފުވައްމުލަކުގައި ފުރަތަމަ ފެށި ކޮލެޖު މިއަދު މާލޭގައި ވެސް ގާއިމްކޮށްފިއެވެ. އަދި މިހާރު ޖެނުއަރީ އިންޓޭކަށް ހުޅުވާލާފައިވާ އިރު، ކޯސްތަކަށް އޮންނަ ޑިމާންޑް އިންތިހާއެވެ.

ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް އެދި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް ހުށަހެޅޭނެއެވެ.

މިއަދު ޒިކުރާ އަކީ ހަމައެކަނި ފުވައްމުލަކަށް ޚާއްސަ ކޮލެޖެއް ނޫނެވެ. މިއަދު އެއީ މުޅި ރާއްޖޭގައި މަގުބޫލު ޢިލްމީ މުއައްސަސާއެކެވެ.