fbpx

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފި!

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތް 1444ގެ ނަމުގައި ދިވެހިބަހުން ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ. މިއީ މިގޮތަށް ބޭއްވުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބާއްވާފައި ވަނީ 20 ޖަނަވަރީ 2023 އިން 21 ޖަނަވަރީ 2023 ގެ ނިޔަލަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ޖަލްސާކުރާ މާލަމުގައެވެ. މި ހަރަކާތުގައި ފުވައްމުލަކުގެ އެކި ސްކޫލްތަކުންނާއި އަމިއްލަގޮތުން 59 ދަރިވަރުން ބައިވެރިވެ، އިސްލާމީ ޝަޚްސިއްޔަތުތަކާގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ހުށަހަޅައިދިނެވެ. ތާރީޚީ ޙާދިސާތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ކުރިއެރުވުމަށް އެބޭފުޅުން ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ ވާހަކަތަކުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ހޯލް ގުގުމާލިއެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް
މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް

މި މުބާރާތުގެ މަޤްޞަދަކީ އިސްލާމްދީންނަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ ޒިކުރާ އާކޮށް، ޢިބްރަތާއި ރިވެތި މިސާލު ލިބިގަތުމެވެ. މީގެ އިތުރުން، ހުނަރުވެރިކަމާއެކު ދިވެހިބަހުން ވާހަކަދެއްކުމުގެ ގާބިލުކަން އުފެއްދުމާއި، ދިވެހިބަހަށް އިތުރަށް ލޯ ހުޅުވާލުމާއި، ވިސްނުން ކުރިއެރުވުމާއި، އިސްލާމީ ޖީލު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މުހިންމު ފަރާތްތަކުގެ ޝަރަފުވެރިކަން ހަނދާންކުރުމެވެ. މި މުބާރާތަކީ ބަހުގެ ހުނަރާއި އިސްލާމީ ތާރީޚު ހުށަހަޅާލުމަށް ލިބުނު ފުރުސަތެއްގެ އިތުރުން، އިސްލާމީ ތާރީޙު ބައްޓަންކޮށްފައިވާ ފަރާތްތަކާއި ޙާދިސާތައް އަލުން ބަލައި ދިރާސާކޮށް ދަސްކުރުމުގެ އަގުހުރި ފުރުސަތެއްގެ ގޮތުގައި ވެސް ވެގެންދިޔައެވެ.

މި މުބާރާތަކީ ދިވެހި ބަހުން ވާހަކަދެއްކުމުގައި ވާދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާ މުބާރާތެއްކަން ކަށަވަރެވެ. މީގެ އިތުރުން އިސްލާމީ ތާރީޚު ދެނެގަތުމާއި އަގުވަޒަންކުރުމުގެ އަގުހުރި ވަސީލަތެއްގެ ގޮތުގައިވެސް މި މުބާރާތް ވެގެންދާނެއެވެ.

މި މުބާރާތްނިމުމަށްފަހު، 22 ޖަނަވަރީ 2023 ވީ އާދީއްތަދުވަހުގެ ރޭގައި ވަނީ މުބާރާތުގެ ބައިވެރިންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ދިވެހިބަހުން ވާހަކަދެއްކުމާގުޅޭ ސެޝަނެއް، މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން ވަނީ ބާއްވާފައެވެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިބަހުގެ ފުންނާބު އުސް ބޭފުޅެއްކަމުގައިވާ އުސްތާޒު އާދަމް ނަޞީރު އިބްރާހީމެވެ.

މުބާރާތުގެ ބައިވެރިންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ދިވެހިބަހުން ވާހަކަދެއްކުމާގުޅޭ ސެޝަންގެ ތެރެއިން

Other Posts

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފި!

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތް 1444ގެ ނަމުގައި ދިވެހިބަހުން ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.

January Intake 2023

Attention all! Zikura International College is now accepting applications for our January 2023 intake. We