fbpx

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އަތްތެރި މަސައްކަތުގެ ކޯސް މާލޭގައި ފެށެނީ!

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މާލެއަށް ޚާއްސަކޮށްގެން ނެޝަނަލް ސެޓްފިކެޓް 3 އިން އަތްތެރި މަސައްކަތް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި.

ޖުލައި އިންޓޭކްގައި މިކޮލެޖުގެ މާލެ ކެމްޕަހުގައި ނެޝަނަލް ސެޓްފިކެޓް 3 އިން އަތްތެރި މަސައްކަތުގެ ކޯހެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީވެ، އެކޯހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅުމަށް ހުޅުވާލައިފިއެވެ.

C3AM Student Painting
އަތްތެރި މަސައްކަތް ކޯހުގެ ދަރިވަރެއް ކުލާހުގައި ކުރަހާފައިވާ ކުރެހުމެއް

މާލެ ކެމްޕަހުގައި އަތްތެރި މަސައްކަތުގެ ކޯހެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ، މާލެއަކީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ސަރަހައްދަށްވެފައި، މިސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން އަތްތެރި މަސައްކަތުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އެދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި އަދި މިދާއިރާއިން ހުނަރުވެރިން ތަމްރީނުކުރުމުގެ އިތުރަށް ދިވެހިރާއްޖެއިން ނެތެމުންދާ  ސަގާފީ މަސައްކަތްތެރިކަން ދިރުވައި އަލާކުރުމަށެވެ.

އަތްތެރި މަސައްކަތް ކޯހުގެ ދަރިވަރެއް ލަކުޑިން ހަދައިފައިވާ ކުރާ އަދި ޖޯޑު

މިކޮލެޖުން މިހާރުވެސް މިދަނީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފ. އަތޮޅު ފީއަލީގައި އަތްތެރި މަސައްކަތުގެ ކޯހެއް ކުރިއަށްދާއިރު، އެއަތޮޅު ބިލެތްދޫއާއި، ނިލަންދޫގައި  ހިންގި ކޯސްތައް ނިންމައި އެތައް ބަޔަކު ވަނީ މިދާއިރާއިން ތަމްރީނުކުރެވިފައެވެ. މިކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި ފަރާތްތަކަށް އަތުން ތަކެތި އުފައްދައި، އޭގެން ވިޔަފާރިކޮށް އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

އަތްތެރި މަސައްކަތް ކޯހުގެ ދަރިވަރުން ތަކެއް ކުލާހުގައި ކުރަހާފައިވާ ކުރެހުންތަކެއް ދަށްކާލަނީ
އަތްތެރި މަސައްކަތް ކޯހުގެ ދަރިވަރުން ތަކެއް ކުލާހުގައި ކުރަހާފައިވާ ކުރެހުންތަކެއް ދަށްކާލަނީ

ނެޝަނަލް ސެޓްފިކެޓް 3 އިން އަތްތެރި މަސައްކަތް ދަސްކޮށްދޭ ކޯހަށް ރާއްޖޭގެ އެކި ހިސާބު ތަކުން ދަނީ ބޮޑެތި ތަރުހީބު ލިބެމުންދެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފައިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ފަރާތްތަކެއް މިކޯހުގައި ބައިވެރިވެ، ތަމްރީނުވެގެން ދިޔުމަކީ ކޮލެޖު ދެކެން ބޭނުންވާ ކަމެކެވެ. ހަމައެއާއެކު މިދާއިރާއިން ދަސްވާ ހުނަރު ތަކުގެ  ބޭނުން ހިފައިގެން ކޯސް ނިންމާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއް ފަހިވެގެން ދިޔުމަކީ ކޮލެޖަށް ލިބިގެންދާނެ އުފަލެއް ކަމުގައި ދެކެމެވެ.

އެހެންކަމުން މިކޯހަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ޖޫން މަހުގެ 15 ޖޫންގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ލިންކާއި ކޯހާއި ގުޅޭ އިތުރު މައުލޫމާތު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

Other Posts

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވައިފި!

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމުކޮށްގެން ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ މުބާރާތް 1444ގެ ނަމުގައި ދިވެހިބަހުން ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.

January Intake 2023

Attention all! Zikura International College is now accepting applications for our January 2023 intake. We